ޔޫސުފް ޝަފީއު

ޔޫއްޕެގެ "ހުވާ ކޮށްފަބުނަން" ބައިސްކޯފަށް

0%
0%
0%

ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އާ ޑްރާމާ ސިލްސިލާ "ހުވާ ކޮށްފަބުނަން" ބައިސްކޯފުގައި ދައްކަން ނިންމައިފި އެވެ.

ސައްބީސް އެޕިސޯޑްގެ ޑްރާމާ ސިލްސިލާގެ ހުރިހާ މަަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ. ބައިސްކޯފުން އެ ސިލްސިލާ ދައްކަން ނިންމާ އެކަމަށް އެއްބަސްވުމެއް ވެސް ވަނީ ހަދާފަ އެވެ. ނަމަވެސް ބައިސްކޯފުގައި އެ ސިލްސިލާ ދައްކާނެ ވަކި ދުވަހެއް އަދި ނުނިންމަ އެވެ.

މި ޑްރާމާއިން ފެނިގެން ދާނީ އަހުމަދު ސައީދު، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މިފަހުން ފިލްމީ ދާއިރާއަށް ތައާރަފްވި ޝިފާ، ޝިޔާ އަދި ނަތާވެސް ފެންނާނެ އެވެ.

ވާހަކަ ލިޔެ، ޑައިރެކްޓް ކޮށްފައިވަނީ ޔޫއްޕެ އެވެ. ކެމެރާ ކުރަނީ އައްޔަ (ގޮޅާ) އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345