ސޯމާލިއާގެ ތިން މީހަކު ތިބި ޑިންގީއެއް ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވަވަތިއަށް ލައްގައިފި އެވެ.
ފުލުހުން ބުނީ ވަވަތިއަށް ޑިންގީ ލެއްގި ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަަމަށާއި ފުލުހުން އެރަށުގައި ހަރަކާތްތެރިވާ ކަމަށެވެ.
ޑިންގީގައި ތިބި ތިން މީހުންނަކީ ސޯމާލިއާ މީހުން ކަން މިހާތަނަށް ޔަގީންކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މީހުން މިވަގުތު ތިބީ ވަވަތީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
ސޯމާލިއާ އަކީ ކަނޑުފޭރޭ ގުރޫޕްތައް ފުޅާ ދާއިރާއެއްގައި ހިންގާ ގައުމެކެވެ.
ރާއްޖެއިން ފެނުނު މީހުންނަކީ ކިއްކުރަން އުޅުނު ބައެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.