މޯލްޑިވްސް ޕޮލިސް ސާވިސް

ސޯމާލިއާ މީހުންނަކީ ބެހިގެން އައި ބައެއް: ޕޮލިސް

ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވަވަތީގައި ތިއްބާ އިއްޔެ ފެނުނު ތިން މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.

މި ތިން މީހުން މިހާރު ތިބީ ނ. ހޮޅުދޫ ގައެވެ.

ފުލުހުން ބުނީ މި ތިން މީހުންނަށް ހޮޅުދޫ ކައުންސިލުން ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށެވެ.

ސޯމާލިއާ އަކީ ކަނޑުފޭރޭ ގުރޫޕްތައް ފުޅާ ދާއިރާއެއްގައި ހިންގާ ގައުމެކެވެ.

ރާއްޖެއިން ފެނުނު މީހުންނަކީ ކީއްކުރަން އުޅުނު ބައެއް ކަމެއް އަދިވެސް އެނގިފައެއް ނުވެ އެވެ.