އެލައިޑް އިންޝުއަރެންސް

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް އަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތާއި ގުޅުންހުރި ފަރާތްތަކާއި އެކު މުހިއްމު މަޝްވަރާތަކެއް ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ބައްދަލުވުމެކެވެ.

މީޑިއަމް އިވެންޓްސްއިން ރާވާ މިއިވެންޓްގެ އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި މިއަހަރުވެސް ބައިވެރިވުމަށް އެލައިޑް އިންޝުއަރަންސުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ލީޑިން އިންޝުއަރާގެ ހައިސިއްޔަތުން ދާއިރާއަށް ދޭ އަހައްމިއަޔަތުގެ ތެރެއިން މިއަހަރުގެ މެރިން އިންޑަސްޓްރީ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައިވެސް ބައިވެރިވުމަށް އެލައިޑުން ވަނީ ނިންމާފަ އެވެ. އެގޮތުން އެލައިޑްގެ ފަރާތުން ޕެނަލްގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އަންޑަރައިޓިންގެ ޑެޕިއުޓީ މެނޭޖަރު ހުސެއިން ސަވާދު އެވެ.

ޕެނަލް ޑިސްކަޝަންގައި އެލައިޑުން އަލިއަޅުވާލަން ކަނޑައެޅިފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި މެރިން އިންޑަސްޓްރީގެ ތެރޭގައި އެލައިޑް އަދާކުރާ ދައުރާއި އިންޝުއަރަންސް މެދުވެރިކޮށް ދާއިރާގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދޭނެ ގޮތްތަކާއި ބައިވެރިންގެ މެދުގައި ހުރި ސުވާލުތަކަށް ޖަވާބުދިނުންވެސް ހިމެނެ އެވެ.

ކުރިއަށް އޮތް ޖުލައި މަހުގެ ހަވަނަ ދުވަހު މީރުމާ ހޯލުގައި ކުރިއަށް ގެންދާ މިއިވެންޓްގައި ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން މިދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ އަމިއްލަ ފަރާތްތައް ބައިވެރިވާނެ އެވެ. އަދި އެފަރާތްތަކުން ހިޔާލު ބަދަލުކޮށް، ސިނާއަތުގައި ކުރިމަތިވާ މުހިންމު އަދި އަސާސީ ގޮންޖެހުންތައް ދެނެގަނެ، ހައްލު ހުށައަޅާ މިފަދަ މައްސަލަތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ނިންމާފައިވާ އެލައިޑުން ބުނެ އެވެ. ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް މިފޯރަމްގައި ބައިވެރިވާން އެދޭނަމަ އިވެންޓް ރަޖިސްޓްރޭޝަން ފުރިހަމަކޮށްލުމުން އެ ފުރުސަތު ފަހިވާނެ ކަމުގައި މީޑިއަމް އިން ބުނެ އެވެ.