ރާއްޖެ ކުޅިވަރު

ހާލު ދެރަވެ ބަކާއަށް އައިސީޔޫގައި ފަރުވާ ދެނީ

Jun 24, 2024

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)އަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން 38 އަހަރުގެ ބަކާ، މިދިޔަ ހައްޖު މޫސުމުގައި ވަނީ ހައްޖުގެ އަޅުކަންވެސް އަދާކޮށްފަ އެވެ.

އޭނާ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދެއްވާފައިވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ ހާއްސަ ފުރުސަތެއްގެ ތެރެއިންނެވެ.

ހައްޖު ދަތުރު ނިންމައި، ބަކާ އެނބުރި ރާއްޖެ އައީ މީގެ ދެ ދުވަސް ކުރިންނެވެ. އޭނާ އަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫ ގައެވެ.

ބަކާގެ ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ އާދަޔާހިލާފަށް ހުން ގަދަވާތީ ކަމަށް "އަވަސް" އަށް މައުލޫމާތު ދެމުން އޭނާގެ އާއިލާ ބޭފުޅަކު ބުނެފައިވެ އެވެ.