އެމެރިކާގެ ތާރީޚުގައި ވެސް ބައިޑަންއަށް ވުރެ ބޮޑަށް ގައުމަށް ގަދަރުކުޑަކުރެއްވި ރައީސަކު ވެރިކަން ނުކުރައްވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޑޮނަލްޑް ޓްރަމްޕް މި މޭރުމުން ބަސްވިދާޅުވެ ޖޯ ބައިޑާންއާ މުހާތަބުކުރެއްވީ މި ދެ ކެންޑިޑޭޓުންގެ ދެމެދުގައި ބޭއްވުނު ފުރަތަމަ ރިޔާސީ ބަހުސް ގައެވެ.
ޓްރަމްޕްގެ ވާހަކަތަކުގައި ބައިޑަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ބައިޑަން އަކީ އެއްގޮތަކަށްވެސް އެމެރިކާގެ ގައުމިއްޔަތަށް ލޯބިކުރައްވާ ބޭފުޅެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ޒައާމަތުގައި އެމެރިކާގެ ހައިސިއްޔަތު ވެއްޔާ މޮޑެވިއްޖެ ކަމަށެވެ. އެމެރިކާއަށް ކުރިން އޮތް ހައިބަތާއި ޖާގަ ދުނިޔެއިން ގެއްލިއްޖެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސަކަށް އެ ވަގުތަކަށް ހުންނަވާ ލީޑަރަކު ވާންޖެހޭނީ -- ޓްރަމްޕް ވިދާޅުވި ގޮތުގައި ގައުމު ނަގަހައްޓާ ބޭފުޅަކަށެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އޮއިގަދަ ސިޔާސަތުގައި އެމެރިކާ ދުވަހަކުވެސް -- ބައިޑަންގެ ޒަމާއަމަތުގައި ނޫނީ ފަލިނުޖަހާ ކަމަށެވެ.
އެމެރިކާގައި މީގެ ކުރިންވެސް ލީޑަރުން ވެރިކަން ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއިން ކޮންމެ ބޭފުޅަކަށްވެސް ނާޒުކު ފައްތަރުތަކުން ގައުމު ސަލާމްތަކުރަން އެނގިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ޖޯ ބައިޑަން އެ ހުންނެވީ ހަތަރު އަނގޮޅިއެއްގައި މަގު ބަންދުވެފައި ކަމަށެވެ. މީހެއްގެ އިނގިލީގައި ހިއްޕަވައިގެން ނޫން ގޮތަކަށް އެހެން ދިމާއަކަށް ވަޑައިގަންނަވަން ބައިޑަންއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ކުރިން އޮތީ ދުނިޔެ ސިހޭ ވަރުގެ އިގުތިސާދެއް ކަމަށެވެ. ނަމަވެސް ވާދަވެރިންގެ އިގުތިސާދު އެމެރިކާއަށް ވުރެ މިހާރު މާބޮޑަށްވެސް ބާރުގަވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަކީ އެމެރިކާގެ ސިޔާސަތު ފޭލިވުމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަން ވާނީ އެއަށް ވުރެ ރަނގަޅަށް ސިޔާސަތު ދެމެހެއްޓޭ މީހަކު ކަމަށްވެސް ވިދާޅުވި އެވެ.
ބައިޑަންއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވީ އެމެރިކާގެ ސިޔާސަތު ބަލިކަށިވެގެން ދިޔައީ ޓްރަމްޕްގެ ވެރިކަމުގައި ކޮވިޑްގެ ހާލަތުގައި ކަމަށެވެ.
ކޮވިޑްގެ ދުވަސްވަރު އެމެރިކާއަށް ނުތަކާވަރު ވެގެން ދިޔައީ ޓްރަމްޕްގެ ދޯޙަޅި ސިޔާސަތުގެ ސަބަބުން ކަމަށް ބައިޑަންވެސް ވިދާޅުވި އެވެ.
ޓްރަމްޕް ސަރުކާރު ދޫކޮށް ވަޑައިގެންނެވިއިރު ގައުމު އޮތީ އަރާރުން އުފެދި ހާޖާނުވެފައި ކަމަށް ޖޯ ބައިޑަން ވިދާޅުވި އެވެ.