ޕާކިސްތާނުގެ ކޯޓެއް ކައިރީގައި ޖާނުން ފިދާވުމުގެ ހަމަލާއެއްދީ އަށް މީހުން މަރުވެ، 18 މީހުން ޒަހަމްކޮށްލައިފި އެވެ. މިހަމަލާގައި މަރުވި މީހުންގެ އަދަދު މައްޗަށް އެރުން އަދިވެސް އެކަށީގެންވާ ކަމަށް ޕާކިސްތާނުގެ ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އަންހެނަކާއި ތުއްތު ކުއްޖަކު ވެސް މަރުވި ކަމަށް އޮފިޝަލުން ޔަގީންކޮށްދެއްވާފައިވާއިރު ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. އަދި ފުލުހުންވެސް އެއްވެސް ފަރާތަކަށް ތުހުމަތު ކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އުތުރުގެ އަވަށެއްގެ ކޯޓް ކައިރީ ދިން މި ހަމަލާގެ ތެރޭގައި ކޯޓަށް ވަންނަން އުޅުނު ކަމަށާއި ނަމަވެސް ވަނަ ނުދިނުމުން ކޯޓު ބޭރުގައި ގޮއްވާލީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.