ހީނާ ވަލީދު

ޕީއެންސީގެ މެންބަރުންނަށް 50،000 ރުފިޔާއެއް ނުދެން: ހީނާ

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީއެންސީގެ ބައެއް މެންބަރުން ސަރުކާރުން ކޮންމެ މަހަކު 50،000 ރުފިޔާ ދޭ ކަމަށް ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނަށް ސަރުކާރުން މަހަކު 50،000 ރުފިޔާ ދޭ ކަމަށް އެ ވާހަކަދެއްކެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި 50،000 ރުފިޔާގެ އެލަވަންސް ލިބިވަޑައިގަންނަވާ މެންބަރުން އަމަލުކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާ ގޮތަށް ކަމަށެވެ.

ފައްޔާޒުގެ މިތުހުމަތާ ގުޅޭ ހަބަރުތައް މިއަދު ބައެއް ނޫސްތަކުގައި ޝާއިއުކުރުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ.

"ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް،" ހީނާ ވިދާޅުވި އެވެ.