ކްރިމިނަލް ކޯޓް

ސައްހަ ނޫން ބޭންކް ސްލިޕް ބޭނުންކޮށްގެން މުދާ ނެގި މީހެކު 6 މަހަށް ޖަލަށް

ސައްހަ ނޫން ބޭންކު ސްލިޕްތަކެއް ހަދައިގެން ފިހާރައަކުން އެކި ފަހަރުމަތިން މުދާ ނެގި މީހަކު ހަ މަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ، ދާގަނޑުކެކުރިގެ، ޝާފިއު ޝިހާބުގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރީ ސައްހަ ނޫން ލިޔެކިޔުން ސައްހަ ކަމަށް ދެއްކުމުގެ ދައުވާ އެވެ.

އޭނާ ވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާކުރި ކަމަށް ބުނެ، ވަގު ބޭންކު ސްލިޕްތަކެއް ދައްކައި، 2022 ވަނަ އަހަރުގެ ޖޫން މަހާއި އޮކްޓޫބަރު މަހާއި ދެމެދުގައި އެކި ފަހަރު މަތިން އެ ފިހާރައިން މުދާ ގެންގޮސްފަ އެވެ.

ޝާފިއުގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިއުތިރާފުވުމުން އޭނާއަށް ލިބެންޖެހޭ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ކުށުގެ ހުކުމުން އެއް ދަރަޖަ ކުޑަ ކުރުމަށް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވަނީ ނިންމާވަފަ އެވެ.

ނަމަވެސް ޝާފިއު ވަނީ ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ފައިސާ ދެއްކޭނެ ކަމުގެ އެއްވެސް ހެއްކެއް އަދި ލިޔުމެއް ކޯޓަށް ހުށަހަޅާފައި ނުވާތީ ޖަލުގެ އަދަބު ދިނުމަށް ގާޒީ ނިންމެވީ އެވެ.