އާސަންދަ

މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި އެވެ.

ސަރުކާރުން މިދިޔަ ހޯމަ ދުވަހު މި ފިޔަވަޅު އަޅާފައި މިވަނީ އެ ހޮސްޕިޓަލުން ސިއްހީ ހިދުމަތް ދޭ އަގުތައް ބޮޑުކަމުން މަޝްވަރާކޮށްގެން އަގަށް ބަދަލެއް އާދޭތޯ ބެލުމަށެވެ.

މަނިޕާލް ހޮސްޕިޓަލުން ބަލި މީހުންގެ އަތުން އިތުރަށް ފައިސާ ނަގާ ކަމުގެ ޝަކުވާތަކެއް ވެސް އެންސްޕާއަށް ހުށަހަޅާފައިވެ އެވެ.

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް މިވަގުތަށް އާސަންދަ މެދުކަނޑާލި ނަމަވެސް އެތަނުގައި މިވަގުތު ހިދުމަތް ހޯދާ މީހުންނަށް އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެ އެވެ.

"އަލަށް އެ ހޮސްޕިޓަލަށް ދާ މީހުންނަށް މިވަގުތު އާސަންދަ ނުލިބޭނީ. އެތަނުގައި މިވަގުތު ތިބި ބަލި މީހުންނަށް އާސަންދަ ލިބޭނެ،" އޮފިޝަލަކު ވިދާޅުވި އެވެ.

އާސަންދަ ހިދުމަތް ލިބޭ ބޭރުގެ 57 ހޮސްޕިޓަލްގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 49 ހޮސްޕިޓަލާއި ސްރީލަންކާގެ އަށް ހޮސްޕިޓަލެވެ.