ފޮރިން މިނިސްޓްރީ

އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެ

Jul 1, 2020
1

ރާއްޖޭން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދިވެހިން އިންޑިއާއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 28 ދިވެހިން އިއްޔެ ވެސް ވަނީ އިންޑިއާއަށް ގޮސްފަ އެވެ. އަދި އިތުރު ދިވެހިން އިންޑިއާއަށް ފަރުވާ ހޯދަން ދެވޭނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

މި ޔަގީންކަން އިންޑިއާއިން ދީފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކޮށްފައިވާތީ އިންޑިއާ ރައްޔިތުން ނޫން އެހެން މީހުނަށް އެ ގައުމަށް މިވަގުތު ނުވަދެ ވެއެވެ. ނަމަވެސް އެހެން ގައުމުތަކަށް އަދި ދީފައިނުވާ ހުއްދައެއްގެ ދަށުން އާސަންދައިގެ ދަށުން ފަރުވާކުރަމުންދާ ހާލުދެރަ ބަލި މީހުން އިންޑިއާއަށް ގެންދިޔުމަށް އިންޑިއާއިން ދިން ފުރުސަތުގައި 28 މީހަކު މިހާރު ވަނީ އިންޑިއާއަށް ގޮސްފަ އެވެ.