އާސަންދަ

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ 28 މީހަކު ފުރުވާލައިފި

ބޮޑެތި ބަލިތަކަށް ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް 28 ދިވެހިން އިންޑިއާގެ ކޮޗިންއަށް ފުރައިފި އެވެ.

މި މީހުން ފުރާފައިވަނީ މިރޭ އާސަންދައިގެ ދަށުންނެވެ. އާސަންދަ ބަލަހައްޓަނީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ.

ސަރުކާރުން ބުނީ ކޮވިޑް19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށް، ފްލައިޓްތައް ހުއްޓާލާފައިވާއިރު، އިންޑިއާއިން ދިން ހާއްސަ ހުއްދައެއްގެ ދަށުން މި ދިވެހިން މިރޭ އިންޑިއާއަށް ފުރާފައިވާއިރު ރާއްޖެއަކީ އެ ގައުމުން މިފަދަ ހުއްދަ އެއްދޭ ފުރަތަމަ ގައުމު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މީހުން ފުރާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ފްލައިޓް އަނބުރާ ރާއްޖެ އަންނާނީ ކޮޗިންއާ ޓްރިވެންޑްރަމްގައި ތިބި 85 ދިވެހިން ގޮވައިގެން ކަމަށެވެ.

އިތުރު ބަޔަކު އަދިވެސް ފަރުވާ ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އާސަންދައިން ބުނީ އިތުރު 50 މީހަކު ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.