ފަލަސްތީން

ފަލަސްތީންގެ ތާރީހާ ގުޅޭ ފޯރަމެއް މިރޭ ބާއްވަނީ

ފަލަސްތީނުގެ ތާރީހާ ގުޅޭ ފޯރަމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ފޯރަމް އިންތިޒާމު ކުރަނީ އިސްލާމިކް މިނިސްޓްރީ އާއި އިސްރާ އެސޯސިއޭޝަން ގުޅިގެންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި މިރޭ 8:30 ގައި މި ފޯރަމް ކުރިއަށް ދާނީ "ފަލަސްތީނާއި އުއްމަތުގެ އެއްބައިވަންތަކަން"ގެ ނަމުގައެވެ.

ފޯރަމް މައުލޫމާތު ދެއްވާނީ ބޭރުގެ ދުނިޔޭގެ ހަބަރުތައް ދިރާސާކުރައްބާ ޑރ. އަބްދުލްހަންނާނާއި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އެވެ.

ފަލަސްތީންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހި ސަރުކާރާއި ދައުލަތުގެ މީޑިއާ ގުޅިގެން މިދިޔަ މަހު ވަނީ ހާއްސަ ޓެލެތޯނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

ޓެލެތޯންގައި ލިބުނު 19،186،851.5 މިލިއަން ރުފިޔާ ޕީއެސްއެމް އިން އިއްޔެ ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.