އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގައި ހުތުބާ ދެއްވުމުގެ ދައުވަތު ފަލަސްތީންގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާއަށް ދެއްވައިފި އެވެ.
މިނިސްޓަރު ޝަހީމް މި ދައުވަތު ދެއްވީ ސައުދީގައި ކުރިއަށްދާ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރުންގެ ކޮންފަރެންސްގެ ތެރެއިން މުސްތަފާއާ ބައްދަލުކުރެއްވުމަށްފަހު އެވެ.
މި ކޮންފަރެންސްގެ ފަސްވަނަ ސެޝަންގައި ޑރ. މުހައްމަދު ޝަހީމް ވަނީ ރިޔާސަތުވެސް ބަލަހައްޓަވާފަ އެވެ.
މައްކާގައި ކުރިއަށްދާ މި ކޮންފަރެންސް ނިމޭނީ މިއަދުގެ ވަގުތެއްގައެވެ.
މިނިސްޓަރު ޝަހީމްއާއެކު އިސްލާމިކް މިނިސްޓްރީގެ ވަފުދުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފުގެ އިތުރުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އައްޝައިހް އިމްތިޠާއު އައްބާސް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.