ހުޅުމާލެ

ހުޅުމާލޭގެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދެނީ

ހުޅުމާލޭގެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ގޮޅި ކުއްޔަށް ދޭނީ ބީލަމުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން ގޮޅި އިހްތިޔާރު ކުރުން އޮންނާނީ މިމަހު 18 ވަނަ ދުވަހު އެވެ.

އެޗްޑީސީ އިން މިފަހަރު ހުޅުވާލާފައިވަނީ 73.33 އަކަފޫޓުގެ 5 ގޮޅި ކުއްޔަށް ދިނުމަށެވެ.

ދެ އަހަރު ދުވަހަށް ދޫކުރާ މި ގޮޅިތަކުގެ ބީލަން ފެށޭ އަގަކީ މަހަކު 3،500 ރުފިޔާ އެވެ.