މާލޭގައި ހަށިވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ހަށިވިއްކާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއް އަތުލައިގަތީ ވިއެޓްނާމް ދެ އަންހެނުން ކަމަށެވެ..
އިމިގްރޭޝަނުން ވަނީ މި ދެ މީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާތައްވެސް ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި އާންމުކޮށްފަ އެވެ.
ރާއްޖޭގައި ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީންނާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އަމަލުނުކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އޮޕަރޭޝަން ހިންގުން މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ރޭ ވަނީ މާލޭގައި ގާނޫނާއި ހިލާފަށް ޑޮލަރު ވިއްކަމުން ދިޔަ ދެ ބިދޭސީން ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މީގެއިތުރުން ރާއްޖޭގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ އަންހެން ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ އަންހެން އޮފިސަރުންވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.