ކުޅިވަރު

މެސީ އާއި ރޮނާލްޑޯގެ ސަޕޯޓަރުންގެ ޒުވާބެއް ހޫނުވެ، މަރަކަށް!

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ތޯ ނޫނީ ރޮނާލްޑޯތޯ ކަނޑައަޅަން ސަޕޯޓަރުންގެ މެދުގައި ކުރި ބަހުސެއް ހޫނުވެ މަރާމާރީ ހިންގައި އެކަކު މަރާލައިފި އެވެ.

އިންޑިޔާގެ ސްޓޭޓެއް ކަމުގައިވާ މުމްބާއީގައި ހިނގި މި ހާދިސާގައި މަރާލާފައިވަނީ ނައިޖީރިއާއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ނުވަބު ޗުކުވުމާ ކިޔާ ރައްޔިތެކެވެ. މީނާ އަށް ހަމާލާދިނީ މީނާގެ ގާތް ރަހުމަތްތެރިއެއް ކަމުގައިވާ ނައިޖީރިޔާގެ އުމުރުން 34ގެ މައިކަލް ޑުރަމްޗުވާއެވެ.

ބޭރުގެ ރިޕޯޓުތަށް ބުނާގޮތުން މި ހާދިސާ ހިނގީ ނުވަބު ޗުކުވުމާ އޭނާގެ އުފަންދުވަސް ފާހަގަ ކުރަން ގޮސްއުޅުނިކޮށް އުފެދުނު ބަހުސް އެއްގެ ތެރެއިންނެވެ. އެގޮތުން މި ދެ މީހުން ބަހުސް ކުރީ ފުޓްބޯޅައިގެ ދެ ރަސްގެފާނުން ކަމުގައިވާ މެސީ އަދި ރޮނަލްޑޯއާ ބެހޭގޮތުންއެވެ.

އިންޑިޔާގެ ފުލުހުންނާ ހަވާލާދީ ގޯލް ސައިޓުގައި ބުނެފައިވަނީ ބަހުސް ހޫނުވެ މައިކަލް ޑުރަމްޗުވާ އޭނާގެ އެކުވެރިޔާ ނުވަބު ޗުކުވުމާ ދިމާލަށް ބިއްލޫރި ތައްޓެއް އެއްލި ކަމަށެވެ. ނަމަވެސް އެފަހަރު އޭނާ ގައިގައި ނުޖެހި އެތަޅައިގެން ދިޔުމުން އެތަނުން ބިއްލޫރި ކޮޅެއް ނަގައިގެން އެއެތިކޮޅު ނުވަބު ޗުކުވުމާ ކަރަށް ހަރިލައިފައިވާކަމަށް ވަނީ އިންޑިޔާގެ ފުލުހުންނާ ހަވާލާދީ ގޯލް ސައިޓުގައި ބުނެފައެވެ.

އިންޑިއާގެ ފުލުހުން ވަނީ މީހަކު މަރާލުމުގެ ކުށުގައި މައިކަލް ޑުރަމްޗުވާ ހައްޔަރުކޮށްފަ އެވެ. -- ގޯލްޑޮޓްކޮމް