ކުޅުދުއްފުށި

މާމާ ލެމަން ކަމަށް ބުނެ ކުޅުދުއްފުށްޓަށް ބަނގުރާ އެތެރެކުރި މީހަކު ޖަލަށް

މާލެ ދަތުރުކުރާ ފާޅު ބޯޓުން ހދ. ކުޅުއްދުއްފުށްޓަށް ބަނގުރާ އެތެރެކުރި މީހަކު ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ކުޅުއްދުއްފުށްޓަށް ބަނގުރާ އެތެރެ ކުރި މައްސަލައިގައި ދެ މަހާއި ފަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ހދ. ކުޅުދުއްފުށީ ނަންރީތިގެ އާމިރު އަލީގެ މައްޗަށެވެ.

މިއީ 2022 ވަނަ އަހަރުގެ ކުރީކޮޅު ހިނގި ހާދިސާއެކެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ކުޅުދުއްފުށްޓަށް ބަނގުރާ އެތެރެ ކުރި މައްސަލައިގައި ދައުލަތުން ދެ މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. މީގެތެރެއިން އާމިރުގެ މައްޗަށް ކުށް ސާބިތުވީ ނަމަވެސް އަނެއް މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމި އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ކުޅުއްުދުއްފުށްޓަށް ބަނގުރާ އެތެރެ ކުރި މައްސަލައިގައި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރިކަން ސާބިތުވި އާމިރު ޝަރީއަތުގައި ބުނެފައިވަނީ އޭނާ ކުޅުއްދުއްފުށްޓަށް ގެންދިޔައީ އައިބޭއިން ގަނެގެން މާމާ ލެމަން ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު ފޮށިގަނޑުގައި ބަނގުރާ ހުރިކަން އެނގުމުން ހައިރާންވީ ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް އޭނާ ދެއްކި ވާހަކަތައް ސާބިތުކޮށްދެވޭ ފަދަ ހެއްކެއް ހުށަހެޅިފައި ނުވާއިރު، ފުލުހުންގެ ހެކި ބަހުން ވަނީ އާމިރު ކުޅުއްދުއްފުށްޓަށް ބަނގުރާ ގެންދިޔަކަން ސާބިތު ވެފަ އެވެ.

މި މައްސަލައިގައި އާމިރުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެ ހުކުމްވަނީ 13،000 ރުފިޔާގެ ޖަލު ހުކުމަކަށް ބަދަލުކޮށްފަ އެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.