އިސްލާމިކް މިނިސްޓްރީ

ދީނީ ދާއިރާތަކަށް އަމާޒުކޮށް މަހާސިންތާތަކެއް ބާއްވަނީ

ދީނާ ގުޅޭ މަސައްކަތުގެ ދާއިރާއިން ހަ މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިމަހާސިންތާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

މަހާސިންތާތައް ބޭއްވުމަށް ހަމަޖެހިފައިވާ މައިގަނޑު ހަ ދާއިރާއަކީ އިލްމުވެރިންގެ މަހާސިންތާ، ޖަމިއްޔާ މަހާސިންތާ، ޒަކާތު މަހާސިންތާ، ހައްޖުއުމްރާ މަހާސިންތާ އަދި ފަތުވާ މަހާސިންތާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މަހާސިންތާ ތަކެއް ރާވާ ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. އަދި ދިމާވާ ދަތިތަކާ ކުރިމަތިވާ ގޮންޖެހުން ތަކުން އަރައިގަންނާނެ މަގު ފަސޭހަ ކުރުމަކީވެސް މަހާސިންތާ ތަކުގެ ބޭނުމެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުމާއި ސައްހަ އަގީދާ ކިޔައިދިނުމުގައި އިލްމުވެރިންގެ ދައުރު ފުޅާކުރުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.