އިސްލާމިކް މިނިސްޓްރީ

އޮސްޓްރޭލިއާ ނޭވީގެ އިމާމް ހުޅުމާލޭގެ ރަޝީދު މިސްކިތުގައި ހުތުބާ ދެއްވަނީ

ރާއްޖޭގައި މިވަގުތު ހުންނެވި އޮސްޓްރޭލިއާ ނޭވީގެ އިމާމް މަޖްދީ އީސާ އަންނަ ހުކުރު ދުވަހު ހުތުބާ ވިދާޅުވުމަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ދީފި އެވެ.

އިމާމް މަޖްދީ އިނިގިރޭސި ބަހުން ހުތުބާ ވިދާޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ ޝީދު މިސްކިތުގައެވެ.

އިމާމް މަޖްދީ އަކީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީ އިން ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގައި މީހަކު ފުރަތަމަ ފަހަރަށް މިސްކިތެއްގައި ހުތުބާ ވިދާޅުވީވެސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްލާމިކް މިނިސްޓަރު ކަމުގައި 2015 ވަނަ އަހަރު އެވެ. އެފަހަރު ހުތުބާ ވިދާޅުވީ އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔާސީރު ގާދީ އެވެ.