އިސްލާމިކް މިނިސްޓްރީ

ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

ރާއްޖޭގެ އެކި ސަރަހައްދުގއި ހަރަކާތްތެރިވާ ދީނީ އިޖުތިމާއީ ޖަމިއްޔާތަކާއެކު، ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި އެވެ.

ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމިއްޔާތަކަކާއި ބައްދަލުވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ދީނީ ދައުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާއާއި ޖަމިއްޔާތައް ގުޅިގެން މަސައްކަތްކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ފެށި ދީނީ ޖަމިއްޔާ ތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމިއްޔާއަކުން 98 މަންދޫބުން ބައިވެރިވެ އެވެ. މީގެތެރޭގައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެ އެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމިއްޔާތަކުން ދައުވަތުގެ ކަންކަމުގައި ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ދެއެވެ.