އިސްލާމިކް މިނިސްޓްރީ

އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި

އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިންތިޒާމު ކުރާ މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް 24 ވަނަ ދުވަހު އެވެ.

ދީނީ ޢިލްމުވެރިންނަށް ހާއްސަކޮށްގެން ބާއްވާ މި މަހާސިންތާގެ މައުޟޫއަކީ "އިސްލާމީ ރިވެހި އަޚްލާގާއި، އަޚްލާގު ހިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު" މިއެވެ.

މަހާސިންތާ ބާއްވާ ތަން ކަމުގައިވާ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލަށް ހާޒިރުވެގެން އަދި އޮންލައިންކޮށްވެސް މި މަހާސިންތާގައި ބައިވެރިވެވޭނެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ދީނާ ގުޅޭ މަސައްކަތުގެ ދާއިރާއިން ހަ މަހާސިންތާއެއް މިއަހަރު ބޭއްވުމަށް ހަމަޖައްސާފަ އެވެ. އެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާ ތަކަކީ އިލްމުވެރިންގެ މަހާސިންތާ، ޖަމިއްޔާ މަހާސިންތާ، ޒަކާތު މަހާސިންތާ، ހައްޖުއުމްރާ މަހާސިންތާ އަދި ފަތުވާ މަހާސިންތާ އެވެ.