ރައީސް މުހައްމަދު ނަޝީދު

އަމްބާނީ ދަރިފުޅުގެ ކައިވެނި ހަފްލާގައި ނަޝީދު

އިންޑިއާގެ 14 ވަނަ ރައީސް ރާމް ނާތުއާ އެކު ރައީސް މުހައްމަދު ނަޝީދު އަމްބާނީގެ ދަރިފުޅުގެ ކައިވެނި ހަފްލާގައި ބައިވެރިވެވަޑައިގަންނަވަނީ
0%
0%
0%

އިންޑިއާ އަދި އޭޝިއާގައިވެސް ހުރި އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފި އެވެ.

މި ހަފްލާގައި ނަޝީދު ބައިވެރިވެވަޑައިގެން، އިންޑިއާގެ 14 ވަނަ ރައީސް ރާމް ނާތު ކޯވިންދުއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މި ހަފްލާގައި ރައީސް ނަޝީދު ފިޔަވާ އެއްވެސް ދިވެއްސަކު ބައިވެރިވި ކަމެއް އެނގިފައެއް ނުވެ އެވެ.

އާނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާގައި އަމްބާނީގެ ދައުވަތަށް ބައެއް ގައުމުގެ ކުރީގެ އިސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި ނުފޫޒުގަދަ ބޮޑެތި ވިޔަފާރިވެރިންނާއި ދުނިޔޭގެ ނަން މަޝްހޫރު ފަންނާނުންވެސް ބައިވެރިވި އެވެ.

އާނަންތު އާއި ރާދިކާގެ ކައިވެނީގެ ހަފްލާ އޮތީ ރޭ ކުރިއަށް ގެންދިޔައީ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިއީ މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްގެން ދުނިޔޭގައި ބޭއްވި ކައިވެނި ހަފްލާ އެވެ. އެގޮތުން މިހަފްލާއަށް 600 މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށްވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345