އެކްސިޑެންޓް

ބަންގްލަދޭޝްގައި މަސައްކަތްކުރާ ދިވެއްސެއް އެކްސިޑެންޓްވެއްޖެ

ބަންގްލަދޭޝްގައި މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ އޮޕަރޭޝާންސް މެނޭޖަރު ހުސައިން ހައިޝަމް އެކްސިޑެންޓަށްފަހު އެޑްމިޓްުކޮށްފައި
100%
0%
0%

ބަންގްލަދޭޝްގައި މިސްކިތެއް އެޅުމުގެ މަސައްކަތުގައި އުޅުނު ދިވެއްސަކު ކާރު އެކްސިޑެންޓެއް ވެއްޖެ އެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި ޖަމިއްޔާއެއް ކަމަށްވާ "ހިދުމަތް" ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު ހުސައިން ހައިޝަމް އެވެ. އެކްސިޑެންޓުގައި އޭނާގެ ފަލަމަސްގަނޑުގެ ކަށިގަނޑު ވަނީ ބިނދިފަ އެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ދިވެހިންގެ އެހީއާ އެކު ބަންގްލަދޭޝްގައި އަޅާ މިސްކިތްތަކެއްގެ ތެރެއިން ފަސްވަނަ މިސްކިތް އެޅުމަށް ޑާކާއިން ޗިޓަގޮންގްއަށް ކާރުގައި ދަތުރުކުރަނިކޮށް ކަމަށެވެ.

ޗިޓަގޮންގްއަށް ދިޔުމަށް ކުރަންޖެހޭ އަށް ގަޑިއިރުގެ ދަތުރުގައި ކާރު ދުއްވަން އިން މީހާ ނިދި ޖެހުމުގެ ސަބަބުން ކާރު ގޮސް ގަހެއްގައި ޖެހި ހިނގި މި އެކްސިޑެންޓްގައި ހައިޝަމްއާއި ޑްރައިވަރަށްވެސް އަނިޔާވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ހައިޝަމަށް ހޮސްޕިޓަލްގެ އިމަޖެންސީގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ހައިޝަމަށް ފަރުވާ ދިނުމުގައި ދަތިތަކެއް ދިމާވި ނަމަވެސް މިހާރު އޭނާ އޮތް ޕްރައިވެޓް ހޮސްޕިޓަލްގައި ހައިޝަމްގެ އޮޕަރޭޝަން ކުރާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345