އެކްސިޑެންޓް

ގޭސްފުޅި ގޮވައި ފިހުނު މީހުންގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

އައިޖީއެމްއެޗް
0%
0%
0%

ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ގޭސް ފުޅި ގޮވައިގެން ފިހުނު މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ގޭސް ފުޅި ގޮވައިގެން ފިހި އަނިޔާވެފައި ވަނީ ހަ މީހަކަށެވެ. އެމީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފެށީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އިސްމާއީލް އަހްމަދު ވިދާޅުވީ، ފިހި، އަނިޔާވި މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އެ މީހުން ހައި ޑިޕެންޑެންސީ ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ކުރިއަށްވުރެ ހާލަތު މިހާރު ރަނގަޅު. ހައިޑިޕެންޑެންސީ ވޯޑަށް މިހާރު ވަނީ ބަދަލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއެކެވެ. އޭގެ ތެރެއިން މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނީ ދެ ބިދޭސީންނާއި ދިވެއްސަކަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345