ހަބަރު

އިމާރާތަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެ އެވެ.

ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި މަރުވެފައި ވަނީ ބަންގްލަދޭޝްގެ މީހެކެވެ. އެ މީހާ ވެއްޓުނީ ހުޅުމާލޭ ސެކަންޑް ފޭސްގައި ހަދަމުން ދިޔަ އިމާރާތެއްގެ އަށް ވަނަ ބުރިންނެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީ މީހާ މަސައްކަތް ކުރަން ހުރީ އެމްޕީއެލްގެ އިމާރާތެއްގަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އުމުރުން 37 އަހަރުގެ އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މެންދުރު 12:00 ޖެހި އިރު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އޭރު ވަރަށް ބޮޑަށް ޒަހަމްވެ ހަށިގަނޑުގެ ތަންތަން ބިނދިފައިވާއިރު ނޭފަތުން ލޭ ވެސް އަންނަމުން ދިޔަ ކަމަށެވެ.