ހަބަރު

މާލޭ ގެއެއްގެތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:45 ގައި ހެންވޭރު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ 40 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.