މަރު

މަސައްކަތު ސައިޓެއްގައި މަރުވެފައި އޮތް މީހަކު ފެނެއްޖެ

ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނެއްޖެ އެވެ.

ފުލުހުން ބުނީ މަސައްކަތު ސައިޓެއްގެ ތެރޭ މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ އުމުރުން 40 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާ މަރުވެފައިވާ ކަމަށް ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 7:31 އެހާކަންހާއިރު އެވެ.

އެ މީހާގެ މަރާމެދު ޝައްކު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މީހާ މަރުވެފައި ވަނީ ކޮން ސަބަބަކާހުރެ ކަން އަދި ސާފުވެފައެއް ނުވާ ކަމަށް ވެސް ބުންޏެވެ.