މަރު

14 ވަނަ ބުރިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ

Jul 22, 2020

ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓުނު ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ބަންގުލަދޭޝްގެ އެ މީހާ މަރުވީ ހުޅުމާލޭ ދެވަނަ ފޭސްގައި އެމްޕީއެލް އިން ހަދަމުން އަނަނަ އިމާރާތެއްގެ 14 ބުުރީގެ މަތިން ވެއްޓި ޒަހަމް ވެގެން ކަމަށެވެ.

އަދި ބުނީ މިއަދު 2:30 އެހާކަންހާއިރު ހިނގި އެ ހާދިސާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށާއި އޭނާ މަރުވީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ފަހަކަށް އައިސް މިދިއަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި މާލޭ އާއި ހުޅުމާލޭގައި ހަދަމުންދާ އިމާރާތްތަކުގެ މަސައްކަތުގައި އުޅެމުން ދަނިކޮށް ބިދޭސީ މަސައްކަތްތެރިންގެ މީހުން ވެއްޓި މަރުވާ ހާދިސާތަކާއި ޒަހަމްވާ ހާދިސާތައް ގިނަވެފައި ވެއެވެ. އަދި އިމާރާތް ކުރުމުގެ ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން މަސައްކަތުގެ ތެރޭގައި ހިނގާ އެކްސިޑެންޓްތައް ވެސް ގިނަވެފައި ވެއެވެ.