ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުން މޫސަ އިސްތިއުފާ ދެއްވައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސްގެ މަގާމުން މޫސާ ނާޝިދު އިސްތިއުފާ ދީފި އެވެ.

ބީއޭއެމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މޫސާ އިސްތިއުފާ ދެއްވީ މީގެ ދެ ދުވަހެއް ކުރިންނެވެ.

މޫސަ އިސްތިއުފާ ދެއްވިކަން އެ އެސޯސިއޭޝަންގެ އިތުރުން ސްޕޯޓްސް މިނިސްޓްރީއަށްވެސް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބީއޭއެމްގެ ރައީސްކަމުން މޫސަ އިސްތިއުފާ ދެއްވިއިރު އޭނާގެ ދައުރު ވަނީ ހަމަވެފަ އެވެ.

މޫސަ އިސްތިއުފާ ދެއްވާފައިވާއިރު ބީއޭއެމްގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެން މޫސައާ ގުޅުން ހުރި ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ.

މޫސައާ ގުޅުން ހުރި ތަންތަން އޭސީސީ އިން ބަލައިފާސްކުރީ ކޯޓު އަމުރުގެ ދަށުންނެވެ.

މިކަމާ ގުޅޭ މައްސަލައެއް މޫސަގެ ފަރާތުން ކޯޓަށް ހުށަހެޅި އެވެ.