މާލޭ ސިޓީ ކައުންސިލް

ކާރިސާތަކުން އަރައިގަތުމަށް ތައްޔާރުވެފައިވާ މިންވަރު ބަލަނީ

މާލޭ ސިޓީ ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން ކާރިސާތަކުން ލިބޭނެ ކަމަށް ލަފާ ކުރެވޭ ގެއްލުމާއި އެފަދަ ކަންކަމުން އަރައިގަތުމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް "މޭކިން ސިޓީޒް ރެސިލިއެންޓް (އެމްސީއާރު) 2030"ގެ ނަމުގައި ކެމްޕޭނެއް އިފްތިތާހުކޮށްފި އެވެ.

މި ކެމްޕޭނަކީ ތިން މަރުހަލާ ހިމެނޭ ކެމްޕޭނެކެވެ. މީގެ ތެރެއިން ސިޓީތައް ހޭލުންތެރިކޮށް، ސްޓްރެޓީޖިކް ޕްލޭނިން އިތުރުކޮށް، ނިމިގެންދާއިރު މުޖުތަމައުގެ ހުރިހާ ދާއިރާއެއް ހިމެނޭ ރެސިލިއަންސް ފިޔަވަޅުތައް ތަންފީޒުކުރުމަށް މަގު ފަހިވެގެންދާނެ އެވެ. އަދި ކުރިއަށް އޮތް 10 އަހަަރުގެ ތެރޭގައި ރެސިލިއެންސް މަގުޗާޓެއް ފަރުމާކޮށްދޭނެ ކަމަށްވެސް އެންޑީއެމްއޭ އިން މައުލޫމާތުދެ އެވެ.

މި ކެމްޕޭންގެ ތެރެއިން ސިޓީތަކާއި މުނިސިޕަލްޓީތަކަށް ހޭލުންތެރިކަން އިތުރުކޮށް، ސްޓްރެޓެޖިކް ޕްލޭނިން އިތުރުކޮށް، ނިމިގެންދާއިރު މުޖުތަމައުގެ ހުރިހާ ދާއިރާއެއް ހިމެނޭ ރެސިލިއެންސް ފިޔަވަޅުތައް ތަންފީޒުކުރުމަށް މަގު ފަހިވެގެންދާނެ އެވެ.

އެންޑީއެމްއޭގެ ސީއީއޯ ހިސާން ހުސައިން ވިދާޅުވީ މީގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ ދިރިއުޅުމާއި، މަގުތަކާއި، ކަރަންޓާއި ފެން ފޯރުކޮށްދިނުމާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތައް ފަދަ މުހިއްމު އިންފްރާސްޓްރަކްޗާތައް ހިމާޔަތްކުރުމުގައި އަސާސީ އިންވެސްޓްމަންޓެއް ކަމަށެވެ.

މާލެ ސިޓި ކައުންސިލްގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ހާއްސަ ވޯކްޝޮޕެއް އަންނަ އަންގާރަ ދުވަހު ބާއްވާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.