އެމްޓީޑީސީ

އެމްޓީޑީސީން ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިއްސާ އަކަށް 60 ލާރި ބަހަން ފާސްކޮށްފި އެވެ.

މެންހަޓަން ބިޒްނަސް ހޮޓަލުގައި ރޭ ބޭއްވި އެމްޓީޑީސީން އަހަަރީ އާންމު ޖަލްސާގައި ވަނީ މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަަހަން ނިންމީ ކުންފުނީގެ 99 އިންސައްތަ ހިއްސާދާރުންގެ ތާއީދާއެކު އެވެ.

މި ޖަލްސާގައި ވަނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 20.4 މިލިއަން ރުފިޔާ ބަހަން ނިންމާފަ އެވެ.

އެމްޓީޑީސީން ވަނީ 2022 ވަނަ އަހަރުގެ ފައިދާ އިންވެސް ހިއްސާއަކަށް 60 ލާރި ބަހާފަ އެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.7 މިލިއަން ޑޮލަރު ނުވަަތަ 102 މިލިއަން ރުފިޔާ އެވެ. މީގެ ތެރެެއިން 2.1 މިލިއަން ޑޮލަރު ނުވަތަ 32 މިލިއަން ރުފިޔާއަކީ ފައިދާ އެވެ.

އެމްޓީޑީސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރަކީ އެ ކުންފުނީގެ މާލީ ހާލަތު އެންމެ ދަށަށް ދިޔަ އެއް އަހަރެވެ.