ރައްޔިތުންގެ މަޖިލިސް

މުނައްވަރުގެ ނަން ދިރާސާކުރަން ކޮމިޓީއަށް

އަހުމަދު މުނައްވަރު --
0%
0%
0%

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަހުމަދު މުނައްވަރު އައްޔަންކުރުމުގެ ލަފައަކަށް މަޖިލީހުގައި ރައީސް މުއިއްޒު އެދިވަޑައިގެންނެވިއިރު މަރުކަޒީ ބޭންކްގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް އިއްޔެ ވަނީ ވަކިކުރައްވާފަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރައްވާފައި މިވަނީ އޭނާ އެ މަގާމުން ވަކިކުރަން ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސްއަށް ލަފާ އެރުވުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345