ޑރ. މުހައްމަދު މުއިއްޒު

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރައްވައިފި

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު މިއަދު އައްޔަންކުރައްވައިފި އެވެ.

އަހުމަދު މުނައްވަރު އެ މަގާމަށް އައްޔަންކުރައްވާ ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒު ވަނީ އަހުމަދު މުނައްވަރާއި ބައްދަލުކުރައްވާ ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި މުނައްވަރު ވަނީ ގައުމުގެ އިގުތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަހުމަދު މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން ޑިސެމްބަރު 12، 2023 އިން މިމަހުގެ 22 ވަނަ ދުވަހާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމުގަ އެވެ. މުނައްވަރު މީގެ ކުރިން ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910