ސިވިލްސާވިސް ކޮމިޝަން

ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކުރަން އާންމުންގެ ހިޔާލު ހޯދަނީ

ހިދުމަތް ރަނގަޅުކުރުމަށްޓަކައި ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެނައުމަށް އާންމުންގެ ހިޔާލަށް މިއަދު ހުޅުވާލައިފި އެވެ.

ސީއެސްސީ އިން ބުނީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަވަސްކަމާއެކު ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ކޮމިޝަނުގެ އަމާޒެއް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށް، އިދާރާތައް ފަސޭހަކަމާއެކު ހިންގޭނެ ގޮތްތައް ހޯދުމާއި، މުވައްޒަފުންގެ ކަންކަން ބެލެހެއްޓޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުމަކީ އަބަދުވެސް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން މިކަންކަން ހާސިލްކުރުމަށްޓަކައި ސީއެސްސީން ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ހިޔާލު ކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] ނުވަތަ ކޮމިޝަނަށް އޮގަސްޓް މަހުގެ 31ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދިފަ އެވެ.