ރެފިއުޖީން

އީޔޫ އާއި ތުރުކީއިން ވި އެއްބަސްވުން ގަވާއިދާއިހިލާފު: އދ

ރެފިއުޖީންގެ މައްސަލައަށް ހައްލެއް ހޯދަން ތުރުކީ އަދި އީޔޫއިން ވެފައިވާ އެއްބަސްވުން އެއީ ގަވާއިދާއި ގާނޫނާއި ޚިލާފު އެއްބަސްވުމެއް ކަމަށް އދ. އިން ބުނެފި އެވެ. އަދި މިއީ ގަވާއިދުގައިވާ ގޮތުން ކުރިއަށް ގެންދެވޭނެ ކަމެއް ނޫންކަމަށް ގެ އދ، ހިއުމަން ރައިޓްސް ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.

ޔޫރަޕަށް ހިޖުރަ ކުރާ ރެފިއުޖީއިން ތުރުކީއަށް ފޮނުވުން އެއީ އީޔޫގެ އިންސާނީ ހައްގުތަކާއި ބެހޭ ގަވާއިދާއިހިލާފު ކަމެއް ކަމަށާއި އަދި ބައިނަލްއަގްވާމީ ގާނޫނު ތަކާއިވެސް ހިލާފު ކަމެއް ކަމަށް އިންސާނީ ހައްގުތަކާއި ބެހޭ އެހެން ޖަމިއްޔާތަކުން ވެސް ވަނީ ބުނެފައެވެ.

އދ. ގެ ރެފިއުޖީންނާއި ބެހޭ އޭޖެންސީ އިން ވަނީ ތުރުކީ އަދި އީޔޫއިން ރާވާފައިވާ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ރެފިއުޖީއިން ޔޫރަޕުން ފޮނުވާލުން އެއީ ޔޫރަޕިއަން ކޮންވެންޝަން އޮފް ހިއުމަން ރައިޓްސް ގެ ދަށުން މަނާ ކަމެއް ކަމަށް އދ. އިން ވަނީ ވިދާޅުވެފައެވެ.

ތުރުކީއިން ވަނީ ޔޫރަޕަށް ހިޖުރަކުރާ ރެފިއުޖީއިން، ތުރުކީއަށް ގެނައުމަށް ހޯމަ ދުވަހު އެއްބަސް ވެފައެވެ. އެއީ އީޔޫގެ ފަރާތުން ފައިސާގެ އެހީ ބޭނުންކޮށްގެނެވެ.