މިނިވަން ދުވަހުގެ ހަވީރު ވަގުތުގައި މާލޭގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ގައުމީ ކެޑޭޓް ކޯއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން އެ ހިނގާލުން ކުރިއަށް ދާނީ އެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކަމަށާއި އެ ވަގުތު މާލޭގެ ޓްރެފިކް ކޮންޓްރޯލު ކުރުމަށް އުނދަގޫވާނެތީ އެ ވަގުތުގައި މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ހާއްސަ ދުވަސްތަކުގައި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވެ އެވެ.