ކާނާ

ދުވާލަކު 4 ބިސް ކައިފިނަމަ ދެން ވާނެ ގޮތަކާމެދު ވިސްނާލިންތަ؟

ހެނދުނުގެ ނާސްތާއަށް ކުކުޅު ބިހަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އަދި ތައްޔާރު ކޮށްލަންވެސް އެހާމެ ފަސޭހަ އެއްޗެކެވެ. ކޮންމެ ގެއެއްގެ ބަދިގެ ތެރޭގައިވެސް ކުކުޅު ބިސް ތިޔާގިވެސް ވާނެ އެވެ. ބިސް ލިބުމުގައި ދަތި ކަމެއް ނެތެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ތައްޔާރުކުރެވޭ ކާނާގެ ގިނަ ބާވަތް ތަކުގައިވެސް ބިސް ހިމަނަ އެވެ. ފޮންޏެއް ކުޅިއެއް ކިޔާނެ ކަމެއް ނެތެވެ.

ކާނާގައި ކުކުޅު ބިސް މާގިނައިން ބޭނުން ކުރުން އެއީ ހަށިހަނޑަށް ފައިދާހުރި ކަމެއް ބާވައެވެ؟ މާގިނައިން ބިސް ކާނަމަ ދެން ކަންވެދާނެ ގޮތަކާ މެދުގައި ވިސްނާލީމު ހެއްޔެވެ؟ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް މިއީ ކޮންމެހެންވެސް އެނގެން ޖެހޭ ކަންތައް ތަކެކެވެ.

ބިހަކީ އޭގެން ގިނަ މާއްދާތަކެއް ހަށިގަނޑަށް ލިބިދޭ އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެ އެވެ. އަދި ވިޓަމިންގެ ބާވަތްތަކާއި، މިނަރަލްސް، ކެލްސިއަމްގެ އިތުރުން ދަގަނޑުގެ މާއްދާތައް ހުރެ އެވެ.

އާދައިގެ ކުކުޅު ބިހެއްގައި 180 މިލިގްރާމް ކޮލޮސްޓްރޯލް އެކުލެވެ އެވެ. ކުރިން ޑޮކްޓަރުން ނަސޭހަތްތެރި ވަނީ ދުވާލަކު 300 މިލިގްރާމަށް ވުރެ ގިނައިން ހަށިގަނޑަށް ކޮލޮސްޓްރޯލް އެތެރެ ނުކުރުމަށެވެ. ހިތުގެ ބަލި މީހެއްނަމަ މިއަދަދު 200 މިލިގްރާމަށްވުރެ މައްޗަށް ނުގެންދިއުމަށެވެ. ހަތަރު ބިސް ކައިފިނަމަ 720 މިލިގްރާމަށް އަރާނެ އެވެ. ވީމާ އެއީ ސިއްހަތައް ވަރަށް ގެއްލުންހުރި ކަމެކެވެ.

ކޮލޮސްޓްރޯލް ހުންނަ އެއްޗެއް ކައިގެން ލޭގައި އޭގެ މިންވަރު މަތި ނުވެ ހިނގައިދާނެ އެވެ. އެކަމަކު އެ އެއްޗެއްގައި ސެޗުރޭޓެޑް އަދި ޓްރާންސް ފެޓްގެ އިތުރުން ކާބޯ ހައިޑްރޭޓްސް ހުރި މިންވަރަކުން އޭގެ ނުބައި އަސަރު ކުރެ އެވެ. އެހެންވީމާ މާގިނައިން ބިސް ކަހަލަ ކޮލޮސްޓްރޯލް ހުންނަ ކާނާ ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ