ދުނިޔެ

ވެނެޒުއެލާގެ ރައީސް މަދޫރޯ ތިން ވަނަ ދައުރެއް ކަށަވަރު ކުރައްވައިފި

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ -- ތިން ވަނަ ދައުރެއް ކާމިޔާބުކުރައްވައި ރައީސްގެ މަގާމު ދިފާއުކުރައްވައި އުފާފާލުކުރައްވަނީ
0%
0%
0%

ވެނެޒުއެލާގައި އިއްޔެ އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި އެ ގައުމުގެ މިހާރުގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުގެ ތިންވަނަ ދައުރެއް ކާމިޔާބުކުރައްވައިފި އެވެ.

އެ ގައުމުގެ އިލެކްޝަން އޮތޯރިޓީން ބުނި ގޮތުން ވޯޓުގެ 80 ޕަސެންޓް ގުނާ ނިމުނުއިރު ކުރީގައި އުޅުއްވަނީ މަދޫރޯ އެވެ. އޭނާއަށް 51 ޕަސެންޓް ލިބިވަޑައިގެންނެވި ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ވެނެޒުއެލާގައި އާންމުން މިފަހަރު ވޯޓުލާން ނުކުތީ މަދޫރޯ ނޫން މީހަކު ރައީސް ކަމަށް ގެނައުމަށެވެ. އިންތިހާބުގެ ކުރިން ހިޔާލު ހޯދުމަށް ނެގި ވޯޓުތަކުން ވެސް ދައްކާފައި ވަނީ މި ފަހަރުގެ އިންތިހާބު އިދިކޮޅަށް ކާމިޔާބުވާނެ ކަމަށެވެ.

އިލެކްޝަން އޮތޯރިޓީން ބުނި ގޮތުން މި އިންތިހާބުގައި މަދުރޯއާ ވާދަކުރެއްވި އިދިކޮޅު ލީޑަރު އެޑްމަންޑޯ ގޮންޒަލޭޒްއަށް ލިބިވަޑައިގަތީ 44 ޕަސެންޓް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންތިޚާބުގެ މި ނަތީޖާއާ މެދު ވެނެޒުއެލާގައި ކަންބޮޑުވުން ވަރަށް ބޮޑެެވެ. އިދިކޮޅަށް ތާއިދުކުރާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ވޯޓް ވަނީ އޮޅުވާލާފަ އެވެ. އަދި މިއީ ސަރުކާރުން ބަޔަކަށް ބިރުދައްކައިގެން ނެރުނު ނަތީޖާއެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އިދިކޮޅަށް ވަފާތެރިން ގަބޫލުކުރާ ގޮތުގައި އިންތިޚާބުން ކާމިޔާބު ލިބުނީ އެ މީހުންގެ ކެންޑިޓޭޓަަށެވެ. މިކަން ކަށަވަރު ކުރުމަށް އިދިކޮޅުން ވަނީ އަސްކަރިއްޔާއަށް ގޮވާލާފަ އެވެ.

މި ފަހަރުގެ ނަތީޖާ އޮތީ އިދިކޮޅަށް ކަމަށް ބުނެ އަސްކަރިއްޔާ ނުކުމެގެން ނޫން ގޮތަކަށް އަސްލު ނަތީޖާ ނުފެންނާނެ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345