އިންޑިއާ

ރޭޕް ކޮށް ގައިގައި ރޯކޮށްލި އިންޑިއާގެ އަންހެންކުއްޖާ މަރުވެއްޖެ

ރޭޕްކުރުމަށް ފަހު ގައިގަ އަލިފާ ރޯކޮށްލި އިންޑިއާގެ 16 އަހަރުގެ އަންހެން ކުއްޖެއް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިހާތަނަށް ނަން ހާމަ ކޮށްފައި ނުވާ މި އަންހެން ކުއްޖާގެ ހަށިގަނޑުގެ 95 ޕަސެންޓް ވަނީ އަނދާފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ބައިނލްއަގުވާމީ އަންހެނުންގެ ދުވަހުގެ އެއްދުވަސް ކުރިން މިދިއަ ހޯމަ ދުވަހު އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އަންހެން ކުއްޖާ ރޭޕް ކޮށްލީ އޭނާގެ ރަހުމަތްތެރިއެކެވެ. އަދި އެ އަންހެން ކުއްޖާގެ ބައްޕަ މީޑިޔާ އާއި ބުނެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ދެ ކުދިންގެ މެދުގައި ގާތް ރަހްމަތްތެރި ކަމުގެ ގުޅުމެއް އުފެދިފައިވާ ކަމަށާއި ފިރިހެން ކުއްޖާއަކީ މަރުވި އަންހެން ކުއްޖާގެ އަވަށްޓެރިއެއް ކަމަށެވެ.

ފުލުހުން އިންޑިއާގެ މީޑިއަށް ބުނެފައިވަނީ މި ތުހުމަތާއި ގުޅިގެން ނިއުދިއްލީގެ 18 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަރުވި އަންހެން ކުއްޖާ ރޭޕްކޮށްފާ ވަނީ އެ ކުއްޖާގެ ގޭގެ ފުރާޅު މަތީގަ އެވެ. ފިރިހެން ކުއްޖާ އަންހެން ކުއްޖާގެ ގެއަށް ޒިޔާރަތް އެކީގައި ފުރާޅު މައްޗަށް އަރާ އަންހެން ކުއްޖާ ރޭޕް އަލިފާން ރޯކޮށްލީ ކަމަށް ވެއެވެ.