އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ސަރުކާރުގެ ރަސްމީ މަސައްކަތްތަކައިގެން އިންޑޮނީޝިއާގެ އާ ވެރިރަށް ނުސަންތަރާއަށް ބަދަލުވެވަޑައިގެންފި އެވެ.
ނުސަންތަރާ އަކީ އިންޑޮނީޝިއާގެ ތަނަވަސް ސިޓީ އެކެވެ. އިންޑޮނީޝިއާގެ ސަރުކާރުން ރާވާފައިވަނީ ކުރިއަށް އޮތް ތަނުގައި ޖަކާޓާގެ ބަދަލުގައި އެ ގައުމުގެ ވެރިރަށުގެ ގޮތުގައި ނުސަންތަރާ ބޭނުންކުރުމަށެވެ.
އިންޑޮނީޝިއާގެ ނޫސްތަކުން ބުނާ ގޮތުން ޖަކާޓާގައި އޮފީސް ހިންގެވި ގޮތަށް ޖޮކޮވީ ވަނީ އާވެރިރަށަށް ބަދަލުވެ ވަޑައިގެން މެހެމާނުންނާ ބައްދަލުކުރައްވަން ފައްޓަވާފަ އެވެ.
މިގޮތުން ޖޮކޯވީ އެންމެ ފުރަތަމަ ބައްދަލުކުރެއްވި ކަމަށް ރައީސްގެ ސެކްރެޓޭރިއޭޓުން ބުނީ އެ ސިޓީގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިންނާ ކަމަށެވެ.
އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއިން ނުސަންތަރާއަށް ބަދަލުކުރަން ޖެހުނީ، އިންޑޮނީޝިއާ މާބޮޑާށް ތޮއްޖެހި މަގުތަކުގެ ހާސްކަން ބޮޑުވުމުންނެވެ. އަދި ބޭރު ގައުމުތަކުގެ ސަފީރުންނަށް ދިރިއުޅުމަށް މާބޮޑަށް ދަތިވުމެވެ.
ބޭރު ގައުމުތަކުގެ ސަފީރުން ރަސްމީ ބައްދަލުވުންތަކަށް ވަޑައިގަތުމުގައި މަގުތަކުގެ ހާސްކަމާ ހެދި ވަގުތަަށް ނުދެވުންވެސް ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވެރިރަށް ބަދަލުކުރުމަށް 32 ބިލިއަން ޑޮލަރު ބޭނުންވެ އެވެ. މި މަސައްކަތްތަކުގެ 80 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.