މިނިސްޓްރީ އޮފް އެޑިއުކޭޝަން

ފިންލޭންޑް ސްކޫލުން ލެޕްޓޮޕްތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Jul 31, 2024

ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން ހަތަރު ލެޕްޓޮޕް ވަގަށް ނެގި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ފިންލަންޑް ސްކޫލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ނ. މިލަދޫ ސޯސަންގޭ، މުހައްމަދު ނައުޝާދު އެވެ.

ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މުހައްމަދު ނައުޝާދުގެ އުމުރަކީ 42 އަހަރެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ އެ ވައްކަން ކުރި މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖު ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލައާ ގުޅިގެން ނައުޝާދު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.