ރާއްޖެ ކުޅިވަރު

ގައުމީ ރެކޯޑަކާއެކު އާން ވާދަކުރި ހީޓުން ތިންވަނަ ހޯދައިފި

ރާއްޖޭގެ ފެތުންތެރިޔާ މުހައްމަދު އާން ހުސައިން، ނައިބްރައީސް ހުސައިން މުހައްމަދު ލަތީފް އާއި އެކުގައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޕެރިސް އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްގައި ވާދަކޮށް ރާއްޖޭގެ ފެތުންތެރިޔާ މުހައްމަދު އާން ހުސައިން ގައުމީ ރެކޯޑަކާއެކު، ވާދަކުރި ހީޓުގެ ތިންވަނަ ހޯދައިފި އެވެ.

އުމުރުން 19 އަހަރުގެ އާން، އޮލިމްޕިކްސްގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވާދަކުރީ އިއްޔެ އެވެ.

މި އިވެންޓްގެ ހީޓު ހަތަރެއްގައި ވާދަކޮށް އާން ރޭސް ނިންމާފައިވަނީ ގައުމީ ރެކޯޑް ޓައިމިން ކަމަށްވާ 24.22 ސިކުންތުންނެވެ.

ފެތުމުގެ 50 މީޓަރު ފްރީ ސްޓައިލް ގައުމީ ރެކޯޑު މީގެކުރިންވެސް އޮތީ އާންގެ އަތުގަ އެވެ. އޭނާ މި ރެކޯޑު ހެދީ މިއަހަރުގެ މެއި މަހު މެލޭޝިއާގައި ކުރިއަށްދިޔަ މުބާރާތެއްގައި 24.28 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އާން ތިންވަނަ ހޯދި ހީޓުގައި ޖުމްލަ އަށް ފެތުންތެރިން ވަނީ ވާދަކޮށްފަ އެވެ. މި ހީޓުގެ އެއްވަނަ ސްވިޒަލެންޑްގެ ތިއަރީ ބޮލިން ހޯދިއިރު، ދެވަނަ ލިބުނީ ބުރުންޑީގެ ބެލީ-ކްރެސަސް ގަނީރާ އަށެވެ.

އޮލިމްޕިކްސްގެ ސްވިމިން 50 މީޓަރު ފްރީސްޓައިލް އިވެންޓްގައި މިފަހަރު ޖުމްލަ 74 ފެތުންތެރިން ވަނީ ވާދަކޮށްފަ އެވެ. މީގެތެރެއިން އާންއަށް ލިބިފައިވަނީ 50 ވަނަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345