މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

އެމްއޯސީއަށް 63 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުސައްތާރު އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
0%
0%
0%

އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަށް މި އަހަރަށް 63 މިލިއަން ރުފިޔާގެ ބަޖެޓެއް ރޭ ބޭއްވި ޖަލްސާއެއްގައި ފާސްކޮށްފި އެވެ.

މީރުމާ ހޮޓެލްގެ ކާނިމާ މާލަމްގައި ބޭއްވި އެމްއޯސީގެ ކޮންގްރެސްގައި ފާސްކުރެވުނު މި ބަޖެޓްގެ އެންމެ ބޮޑު ސްޕޮންސަރަކީ ދިވެހި ސަރުކާރެވެ.

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ތަމޫހް ސައީދު ވިދާޅުވީ ބޭރުގެ ގޭމްސްތަކަށް ކުރާ ހަރަދުގެ އިތުރުން ބައެއް އެހެނިހެން ޕްރޮޖެކްޓްތަކަށް ސަރުކާރުން ހާއްސަ ބަޖެޓް ސަޕޯޓެއް ދޭނެ ކަމަށެވެ.

ފާސްކުރެވުނު ބަޖެޓްގެ ބޮޑު ބައި ހޭދަކުރާނީ ރާއްޖެއިން މި އަހަރު ބައިވެރިވާ އިންޓަނޭޝަނަލް ގޭމްސްތަކަށެވެ. މީގެތެރޭގައި ޕާކިސްތާނުގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް ހިމެނެ އެވެ. ނަމަވެސް އެކި ފަހަރު މަތިން ފަސްކުރަމުން ދިޔަ މި ގޭމްސް ބާއްވާނެ ވަކި ތާރީހެއް އަދިވެސް ޕާކިސްތާނުން އިއުލާނުކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރު އެ ގޭމްސް ޕާކިސްތާނުގައި ނުބޭއްވިއްޖެނަމަ، އެ ފުރުސަތު ޕާކިސްތާނުގެ އަތުން ވަގުތީގޮތުން ނެގިގެން ހިނގައިދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345