ދިވެހި ޕްރެމިއާ ލީގް

ކޮންމެ ކްލަބަކަށް ފަސްލައްކަ ރުފިޔާ ޖަމާކޮށްދީފި

ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
0%
0%
0%

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކޮންމެ ކްލަބަކަށް ސަރުކާރުން ދޭ ގޮތަށް ނިންމާފައިވާ 1.5 މިލިއަން ރުފިޔާގެ ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި 500،000 ރުފިޔާ މިދިޔަ އާދީއްތަ ދުވަހު ޖަމާކޮށްދީފި އެވެ.

މިފައިސާއަކީ މިއަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ދިވެހި ޕްރިމިއާ ލީގުގައި ބައިވެރިވާ 10 ކްލަބަށް ސަރުކާރުން ދެމުން އަންނަ އެހީގެ ފައިސާ އެވެ.

އާ ސީޒަނަށް މިހާތަނަށް ޕްރެކްޓިސް ފަށާފައިވަނީ ހަމައެކަނި މާޒިޔާއިންނެވެ. ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައިވާ ތާރީހަކީ ކޮބައިކަން އަދިވެސް އެފްއޭއެމް އިން އާންމުކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން އެފްއޭއެމް އިން ވެސް ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން ޖުމްލަ 10 މިލިއަން ރުފިޔާ ދިނުމަށް ކުރިން ނިންމާފައިވެ އެވެ. މި ފައިސާ އަކީ އެކި މަރުހަލާތަކަށް ބަހާލައިގެން ދޭން ނިންމާފައިވާ ފައިސާ އެވެ. މި ނިންމުން ނިންމީ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރުގެ ޗެއާމަން ކަމުގައެވެ.

ނަމަވެސް ކްލަބްތައް ހިންގުމަށް ފައިސާ ދިނުމަކީ އެފްއޭއެމުން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށާއި ފީފާއިން ވެސް އެކަމަށް ތާއީދު ނުކުރާ ކަމަށް ކުރިން ޒުހޫރު ވިދާޅުވެފައިވެ އެވެ. ފީފާއިން މިހާރު ވަނީ ޒުހޫރު އެ މަގާމުން ވަކިކޮށްފަ އެވެ.

އެފްއޭއެމްގެ ދަރަނި މިވަގުތު 160 މިލިއަން ރުފިޔާއާ ގާތްކުރާ ކަމަށް ވެއެވެ. އެހެންކަމުން މިވަގުތު އެސޯސިއޭޝަން އޮތީ މާލީގޮތުން ވަރަށް ދަތި ހާލަތެއްގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345