ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި އެ ތަނުން އެކަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާލުވީ މި މައްސަލަ ފުލުހުންނަަށް ރިޕޯޓުކޮށްފައިވަނީ ރޭ 8:00 ހާއިރު ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އަނިޔާވި މީހާ އަކީ 39 އަހަރުގެ އިންޑިއާގެ ފިރެހެނެކެވެ. އޭނާއަށް ހަނިމާދޫ ހެލްތް ސެންޓަރުގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ 37 އަހަރުގެ އިންޑިއާގެ ފިރެހެނެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މާލޭގައި ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ބިދޭސީ ދެ ގުރޫޕެއްގެ ތެރޭގައިވެސް މާރާމާރީ ހިންގާ ބަޔަކަށް އަނިޔާވެފައިވެ އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މި މާރާމާރީ ހިންގި މީހުން ޑީޕޯޓްކޮށްލުމަށް ނިންމާފަ އެވެ.