ފުޑް އެންޑް ޑްރަގް އޮތޯރިޓީ

އަލެގްރާ ރާއްޖެ އެތެރެކުރުން މަނާކޮށްފި

ރާއްޖެ އެތެރެކުރާ ފެކްސޯފެނަޑައިން ހައިޑްރޯކްލޮރައިޑް ނުވަތަ އަލެގްރާގެ ބައެއް ބެޗްތަކުން މައްސަލައެއް ފާހަގަކުރެވުމުން އެ ބެޗްތައް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުންކުރުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އެލާޓެއްގައި ވަނީ އަލެގްރާގެ ތިން ބެޗަކުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާ ކަމަށާއި ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް މި ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓް ކޮށްފއި ކަމަށް ބުނެފަ އެވެ.

އެތެރެކުރުމާއި ވިއްކުން މަނާކުރި ބެޗްތަކުގެ ތެރޭގައި AL1223060، AL1223029 އަދި AL1223019 ހިމެނެ އެވެ.

އެމްއެފްޑީއޭ އިން ވަނީ މައްސަލަ ޖެހިފައިވާ އަލެގްރާ ބޭހުގެ ބެޗްތައް ފާމަސީ، ބޭސް ގުދަން ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ސަމާލުކަމަށް ގެނައުމަށް އަންގާފަ އެވެ.

އަލެގްރާ އަކީ އާންމު ގޮތެއްގައި އެލާޖީއާ ގުޅޭ ކަންކަމުގައި ދޭ ބޭހެކެވެ.