މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ

އައްޑޫގެ ހަންކެޑެ ބްރިޖް ހުޅުވުން ފަސްކޮށްފި

އައްޑޫގެ ޑީޓުއާ ބްރިޖް ނުވަތަ ހަންކެޑެ ބްރިޖު ހުޅުވުން ފަސްކޮށްފި އެވެ.

އިންފްރާސްޓްރަކްޗާ މިިނިސްޓްރީން މިދިޔަ ޖޫން މަހު ބުނީ ނިމިގެން ދިޔަ ޖުލައި މަހު އާންމުންނަށް ބްރިޖް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް މިހާރު ބްރިޖް ހުޅުވުން ވަނީ އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިހާރު ކުރިއަށް ގެންދަނީ ބްރިޖުގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތެވެެ. މި މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.

ހަންކެޑެ ބްރިޖަކީ އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ހަދާފައިވާ ބްރިޖެކެވެ. މިއީ 2021 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ފެށި މަޝްރޫއެކެވެ.