ދުނިޔެ

"އޮކްޓޯބަރު ހަތެއްގެ ހަމަލާއަކީ ހަމާސްއަށް ހެދުނު ގޯހެއް"

މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން އިޒުރޭލުގެ އާބާދިތަކަށް ވަދެގަނެ ދިން ހަމަލާއަކީ އެ މީހުންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް އެ ޖަމާއަތުގެ ގިނަ މެމްބަރުން ގަބޫލުކުރާ ކަމަށް ނޫސްވެރިއަކު ބުނެފި އެވެ.

ދި އިކޮނޮމިސްޓްގައި ފަލަސްތީންގެ ނޫސްވެރިޔާ -- މުހައްމަދު ދަރަޣްމާ ލިޔެފައިފައި އޮތް ރިޕޯޓެއްގައި ބުނެފައި ވަނީ އެ ހާދިސާ އަކީ ހަމާސްއަށް ނުބައިކޮށް ޖެހުނު އަދަދުތަކެއް ކަމަށެވެ.

މުހައްމަދު ދަރަޣްމާ އަކީ ބުނެވޭ ގޮތުގައި ހަމާސްއާ ރަނގަޅު ގުޅުމެއް އޮންނަ ނޫސްވެރިއެކެވެ. އަދި އޭނާއަށް ވާހަކަ ކިޔައިދިނުމަކީ ހަމާސްގެ މެންބަރުން ލޯބިކުރާ ކަމެއް ކަމަށްވެސް ބުނެވެ އެވެ.

ހަމާސްއަށް ލިބެމުންދާ ގެއްލުންތައް ދެން އިއާދަނުކުރެވޭނެ ކަމަށް ހަނގުރާމަވެރިން ގަބޫލުކުރާ ކަމަށްވެސް ނޫސްވެރިޔާ ބުންޏެވެ. އެ ޖަމާއަތުގެ މިސްރާބު ދެން ބަހައްޓާނެ ދިމާއެއް ކަނޑައެޅުމާ ބެހޭ ގޮތުން ހޫނު ބަހުސްތަކެއް ކުރެވޭ ކަމަށްވެސް އޭނާގެ ރިޕޯޓްގައި ވެއެވެ.

އިޒުރޭލު ބުނާ ގޮތުން ހަމާސްގެ ބާރުވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިކުރެވިފަ އެވެ. އެ ޖަމާއަތުގެ އޮފިސަރުންނާއި އަދި ވެރިން މެރުމުގެ ސަބަބުން މުޅި ޖަމާއަތަށް މޮޅިވެރިކަން ވެރިވެފައިވާ ކަމަށްވެސް ޒަޔަނިސްޓުން ބުނެ އެވެ.

ހަމާސްގެ ލީޑާޝިޕް ކަނޑައަޅާނެ ގޮތެއް އަދި ނުނިންމަ އެވެ. މަސްރަހު ދަންނަ މީހުން ބުނާ ގޮތުން ހަމާސްގެ ސިޔާސަތު ވަކި ގޮތަކަށް ނިންމި ނަމަވެސް ވެރިއަކަށް ހޮވާ މީހަކަށް މުޅި ޖަމާއަތް ހިންގައި ގަތުމަށް އަހަރުތަކެއް ނަގާނެ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާނުލައި އެއްވާނެއްގައި ދެމެހެއްޓުމުގެ ބޭނުމަކީ ޒަޔަނިސްޓުން ބުނާ ގޮތުގައި ހަމާސް ވަރުބަލިކޮށްލުމެވެ. އަދި ވަރުބަލިކަމުގައި ހެދޭ ނުހެދޭ ނޭނގޭ ވަރަށް ޕްރެޝަރުކުރާނެ ކަމަށް އިޒުރޭލު އޮތީ ބުނެފަ އެވެ.

ހަމާސްއާ ގުޅުން ހުރި އާއިލާތައް އަދި ހަމާސްއަށް ފަންޑުކުރާ ކުންފުނިތައް ނައްތާލުމަކީ ހަމާސް ނައްތާލުމަށް އޮތް އެންމެ ފަސޭހަ މަގު ކަމަށްވެސް އިޒުރޭލުން ބުންޏެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ ވިދާޅުވި ގޮތުގައި ހަމާސްގެ އެކަކު ދުނިޔޭގައި ހުއްޓަސް ޣައްޒާ ހަނގުރާމައަށް ނިމުމެއް ނާންނާނެ އެވެ. އަދި ފަލަސްތީނުން ކިތަންމެ ބަޔަކު މަރުވި ނަމަވެސް އިޒުރޭލަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.