ދުނިޔެ

ބަންގްލަދޭޝްގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަނީ

ބަންގުލަދޭޝްގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިންތިގާލީ ސަރުކާރެއް -- ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލާނެ ކަމަށް ދަރިވަރުންގެ މުޒާހަރާތަކުގައި އެންމެ ބޮޑަށް ނަގާކިޔަން އުޅުން ނާހިދު އިސްލާމް ބުނެފި އެވެ.

އަސްކަރިއްޔާއިން ބުނެފައި އޮތް ގޮތަށް ބަންގުލަދޭޝްގެ ހުރިހާ ސިޔާސީ ޕާޓިތަކެއް ހިމެނޭ ގޮތުން މުޅިން އާ ސަރުކާރެއް އެކުލަވާލާނެ ހިސާބުތަކެއް ކަރުދާހުގައި ޖަހާނެ ކަމަށް އޭނާ ބުންޏެވެ.

އަސްކަރިއްޔާއިން މިހާރު އިއުލާންކޮށްފައި އޮތް ގޮތުން މެންދަމުން ފެށިގެން ކުރިއަށް އޮތް ހަ ގަޑިއިރު ކުރިން ހިންގާފައި އޮތް ގޮތަށް ކާފިއުއަށް އަމަލުކުރެވޭނެ އެވެ. އިރުއެރުމަށް ފަހު ކާފިއު އުވާލައި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް އަދި ކާރުޚާނާތައް ހުޅުވައި އާދައިގެ މަތިން މަސައްކަތްތައް ކުރިއަށް ދާނެ އެވެ.

މުޒާހަރާތައް ކޮންޓްރޯލްކުރާ ދަރިވަރުން ބުނާ ގޮތުން ވަގުތީ ގޮތުން އަސްކަރިއްޔާގެ ވެރިޔާ ގައުމާ ހަވާލުވި ނަމަވެސް، އަސްކަރީ ވެރިކަމަކަށް ނޫނެކޭ ބުނާނެ އެވެ. އަދި ވާހަކަތައް ދެކެވެމުންދާ ގޮތަށް ގައުމީ އިންތިގާލީ ސަރުކާރެއް ލަސްނުކޮށް އެކުލަވާލަން ޖެހޭނެ އެވެ.

ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު ފެށުނު ހަމަނުޖެހުންތައް ފުޅާވެ ވަނީ ހައްދުން ނައްޓާފަ އެވެ. މުޒާހަރާކުރި ދަރިވަރުން ބޭނުންވި ގޮތަށް ވަޒީފާ ކޯޓާ ބަދަލުކުރަން ސްޕްރީމް ކޯޓުން ނިންމުމުންވެސް ހަމަނުޖެހުންތައް ހުއްޓާލާކަށް ދަރިވަރުން ބޭނުމެއް ނުވި އެވެ.

އޭގެ ބަދަލުގައި މުޒާހަރާގެ ކުޅިބައި އަލުން އަތުރާލައި ހަސީނާ ވެރިކަމުން ދުރުކުރުމަށް އަންބާކިޔާފައި ގޮސް ވެރިރަށް ޑާކާއަށް އަރައިގަތެވެ. އަދި ރިޔާސީ ގަނޑުވަރަށް ވަދެ މުޅި ތަން ހިސާރުކޮށް ތަކެއްޗަށް ބޮޑެތި އެތައް ގެއްލުމެއް ވަނީ ދީފަ އެވެ.

މުޒާހަރާކުރާ މީހުން ދީފާނެ ބޮޑު އަނިޔާއަކުން ސަލާމަތްވުމަށް އިސްތިއުފާދެއްވައި ހަސީނާ މިހާރު ހުންނެވީ އިންޑިއާ ގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުން ހިމާޔަތް ލިބިވަޑައިގަންނަވަންދެން ހަސީނާ ދިރިއުޅުއްވާނީ އިންޑިއާ ގައެވެ.